މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް މިރަށުގައި ވަނީ ފާހަގަކޮށްފައެވެ. ދުވަހާއިގުޅިގެން ހަވީރު އެކިކަހަލަ ކުޅިވަރުތަށްވަނީ މިރަށު ސްކޫލުގައި ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތަކީ ބާރަށު ސްކޫލާއި ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތްތަކެވެ. އެގޮތުން ކޮންމެ މުއައްސަސާއަކުން އަދި ސްކޫލުގެ ޕީޓީއޭއާއި ޓީޗަރުން އަދި ޒުވާނުން ވަނީ ކުޑަކުދިންނާއި ގުޅުންހުރި ސްޓޯލްތަށް ހަދައިގެން އެކި ކަހަލަ ކުޅިވަރު ހަރަކާތްތަށްވެސް ކުރިއަށް ގެންގޮސްފައެވެ.