ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންނާއި ބައްދަލުކޮށްފި.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 1-107 އާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. ކައުންސިލާއި ރަށުގެ މުއައްޞަޞާތަކާއި ކަމާ ގުޅޭ ފަރާތްތަކުގެ ޚިޔާލުގެ މައްޗަށް އެކުލަވާލެވުނު ޕްލޭނަށް ރައްޔިތުންގެ ޚޔާލުހޯދުމަށް ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 1 އޮގަސްޓް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބާރަށު ސްކޫލް ހޯލުގައެވެ. މި ބައްދަލުވުމުގައި މިހާރު ރަށުގެ ބިން ބޭނުންކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް ޙިއްސާކުރެވުނެވެ. އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ގެންނަންޖެހޭ ބަދަލުތައް ވަނީ ފާހަގަކުރެވިފައެވެ. އެ ބަދަލުތަކަށްފަހު ޕްލޭން ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށައެޅޭނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެސިސް ކޮންސަލްޓިންގް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

Leave a Reply

Your email address will not be published. Required fields are marked *