“މޫދު ކަސްރަތުން އުފާވެރިކަން” މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.
މި ޕްރޮގުރާމަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން، ބާރަށު ކައުންސިލާއި ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން އެމްއެންޑީއެފް ނޮދަރން ކޮމާންޑުން 30 އޮގަސްޓް 2022 އިން 28 ސެޕްޓެންބަރ 2022 އަށް ހއ ބާރަށުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ޖުމްލަ 72 ބައިވެރިން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ރަސްމިއްޔާތުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ހއ އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓާއި ބައިވެރިންގެ ތެރެއިން ހާޒިރީއަށް ފަރުވާތެރިވެ %100 ޙާޞިލުކޮށްފައިވާ ފަރާތްތަކާއި 1 2 3 ވަނައަށް އައިސްފައިވާ ފަރާތްތަކަށް އިނާމް ދެއްވާފައިވެއެވެ. މި ފަރާތްތަކަށް އިނާމު ހުށައަޅުއްވާފައިވަނީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިންނެވެ.