ކައުންސިލް ޔުނިޓީ ކަޕް 2 ވަނަ ފުޓްސަލް މުބާރާތް ފަށައިފި

ބާރަށު ކައުންސިލް ޔުނިޓި ކަޕް 2 ވަނަ ފުޓްސަލް މުބާރާތް 25 ނޮވެންބަރ 2022 ވަނަ ދުވަހުގެރޭ ފަށައިފިއެވެ. މި މުބާރާތުގެ މަޤްޞަދަކީ ދެ ޖިންސްގެ ޒުވާނުންގެ މެދުގައި ކުޅިވަރު ކުޅުމުގެ ރޫޙު އާލާކޮށް ހަމަ ހަމަކަމާއިއެކު މުބާރާތްތަކުގައި ވާދަކުރުމުގެ ރޫޙު އާލާކުރުމެވެ. މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ޖުމްލަ 8 ޓީމް ބައިވެރިވެފައިވެއެވެ. އަދި އަންހެން ޑިވިޝަންގައި 3 ޓީމް ބައިވެރިވެފައިވެއެވެ. ފިރިހެން ޑިވިޝަންގެ މެޗްތައް ކުރިއަށް ގެންދަނީ 2 ގްރޫޕަށް ބަހާލައިގެންނެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ބާރަށު ކައުންސިލްގެ ރައީސް ޞަފްއަތު މުޙައްމަދެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ބާރަށުގެ ޒުވާނުންނާއި މުޢައްޞަޞާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *