ބާރަށު ކައުންސިލް ޔުނިޓީ ކަޕް 2 ވަނަ ފުޓްސަލް މުބާރާތް 2022 ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް
ބާރަށު ކައުންސިލް ޔުނިޓީ ކަޕް 2 ވަނަ ފުޓްސަލް މުބާރާތް 2022 ގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު 2 ޑިސެންބަރު 2022 ވީ ހުކުރު ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވެއެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ވިއޯރާ ސިޓީ އާއި އޭލިއަންސް ސްޕޯޓްސްއެވެ.
ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 7-7 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ޗެމްޕިއަންކަން 11-10 އިން ހޯދާފައި ވަނީ އޭލިއަންސް ސްޕޯޓްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭލިއަންސް ސްޕޯޓްސްގެ ﷲޢަބްދު ޝާފިއުއެވެ.
ފައިނަލް މެޗަށްފަހު ބޭއްވުނު ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ހޮވުމާއި މުބާރާތް ބޭއްވުމަށް ފުޓްސަލް ދަނޑު ތައްޔާރުކުރުމުގައި އެހީތެރިވެ ދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ޙަވާލުކޮށްފައިވެއެވެ.
މުބާރާތުގައި ހޮވާފައިވާ ވަނަތައް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
1. އަބްދުﷲ ޝައްފާން – ވިއޯރާ ސިޓީ
2. ހަސަން ސޮލާހް – ވިއޯރާ ސިޓީ
3. މުޙައްމަދު ޝާން – ކެޕިޓަލް ސިޓ
4. އަބްދުﷲ ޝާފިއު – އޭލިއަންސް ސްޕޯޓްސް
5. އަބްދުﷲ މިސްބާހް – އޭލިއަންސް ސްޕޯޓްސް
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިއޯރާ ސިޓީގެ ޢަ ބްދުﷲ ޝައްފާންއެވެ. އަދި 18 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއާއަށް ހޮވިފައިވަނީ އެ ޓީމްގެ މުޙައްމަދު ޒަޔާންއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ވިއޯރާ ސިޓީއެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ރާދޭއެވެ.
ޗެމްޕިއަން ޓީމަށް -/8000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރ އަޕް ޓީމަށް -/4000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައިވެއެވެ.