ބާރަށުގެ މަސްޖިދުއްޢަމަލު މިސްކިތް އޭސީކުރުމުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ހުރިހާ މިސްކިތްތައް އޭސީ ކުރުމުގެ ވަޢުދުފުޅާ އެއްގޮތަށް މިރަށުގެ މަސްޖިދުއްޢަމަލު މިސްކިތް އޭސީކުރުމުގެ މަސައްކަތް އިއްޔެގެ ވަގުތެއްގައިވަނީ ފަށާފައެވެ. މަސްޖިދުއްޢަމަލު މިސްކިތިތަކީ 800 މީހުންގެ ޖާގައިގެ މިރަށުގައި ހުރި އެންމެ ބޮޑު އެއް މިސްކިތްތެވެ. 24000 ބީޓީޔޫގެ 4 އެއަރކޯންއާއި 12000 ބީޓީޔޫގެ 10 އެއަރކޯންއާއެކު 14 އެއާރކޯން އެމިސްކިތުގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަސައްކަތް ކުރަމުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ނެވެ. އެއަރކޯންތަކަށް ބޭނުންވާ އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށްޓަކާއި 25 ކިލޯވޯޓުގެ ކަރަންޓް އުފައްދައިދޭ ސޯލާ އެމިސްކިތުގެ ފުރާޅުމަތީގައި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކަމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ވަނީ ބާރަށަށް ގެނެވިފައެވެ. ކުރިއަށްއޮތް 07 ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލާ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި ފެނަކަ ކޯޕަރޭޝަންގެ ބާރަށު ބްރާންޗް އިން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *