ރަށުގެ މަގުބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބަޔަކާއި ޙަވާލުކޮށްފި

ރަށުގެ މަގުތަކާއި، މަގުގޯޅިތައް އަދި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކާއި މިއަދުވަނީ ބާރަށު ކައުންސިލްގެ އިދާރާއާއި، ހއ.ބާރަށު ރަޙްމާނީހިޔާ މުޙައްމަދު ސަމީރުއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މިމަސައްކަތަކީ އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މަގުތަކާއި ގޯޅިތައް އަދި ބަނދަރު ސަރަޙައްދަކީވެސް ރޭގަނޑުގެ ވަގުތު ތަކުގައިވެސް ރައްޔިތުންނަށް ފަސޭހަވާނެގޮތަށް އަލިކުރެވިފައިވާ ތަންތަން ކަމުގައި ހެދުމަކީ ކައުންސިލްގެ އަމާޒެކެވެ. އެހެންކަމުން މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެކަން ފުރިހަމަވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *