މަދިރިން އުފެދޭ ބަލިތަކުން ސަލާމަތްވުމަށްޓަކާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

މިދުވަސްވަރަކީ މަދިރިން އުފެދޭ ބަލިތަކާއި ޗިކަން ގުންޏާ ފަދަ ބަލިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަވަމުންދުވަސްވަރެކެވެ. ބާރަށަކީ މަދިރީގެ އުނދަގޫ އެންމެ ބޮޑު އެއްރަށަށްވާތީ، އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާއި މިއަދު ރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ރައްޔިތުންނާއި ގުޅިގެން ރަށުގެ އެކި ހިސާބު ތަކުގައި އުފެދިފައިވާ ކުނިގޮނޑުތަކާއި ބޮޑެތި މަގުތަކުގައި ހުރި މަދިރި އާލާވާ ޒާތުގެ ފެންހެދޭ ތަކެތި ނަގާ އެގޮނޑުތަކާއި މަގުތަށްވަނީ ސާފުކޮށްފައެވެ. މިކަމުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރަށް ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ. ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި އުޅެވޭނެ މަގުތަށް ފަހިކޮށްދެވޭތޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *