ރަށުގެ ދެކުނު ޒުވާނުން އިސްނަގައިގެން މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ފަހު މަސްޖިދުއް ޞަލާހު އަލުން ހުޅުވައިފި

މިރަށު މަސްޖިދުއްޞަލާހު މިސްކިތުގައި ހުރި ލޫވަރ ދޮރުފަތްތަށް އެލްމުނިއަމް ދޮރުފަތްތަކަށް ބަދަލުކުރުމަށްޓަކާއި އެތަނަށް ބޭނުންވާ ޖުމްލަ 13 އެލްމުނިއަމް ދޮރު ހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަޖެޓް ދެއްވައިގެން 2017 ވަނަ އަހަރުގެ ތެރޭގައި ކުރުމަށް ރޭވުނު މަސައްކަތް، އެއަހަރު އަދި 2018 ވަނަ އަހަރު ކުރެވިފައި ނުވަނީ އެދޮރުތަކާއި ދޮރުފަތްތަށް ހަރުކުރުމަށް ހިނގާނެ ޚަރަދު ހަމަޖެހޭގޮތް ނުވެގެންނެވެ.

މަސްޖިދުއްޞަލާހް. ފޮޓޯ: އަޙްމަދު މަޢުރޫފް
މަސްޖިދުއް ޞަލާހު. ފޮޓޯ: އަޙްމަދު މަޢުރޫފް

އެހެން ކަމުން ރަށުގެ ދެކުނު ޒުވާނުން އިސްނަގައިގެން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މަސްޖިދުއްޞަލާހު މިސްކިތް އާބާތުރަ ފިލުމުވުގެ މަގުޞަދުގައި އެދޮރުތަކާއި ދޮރުފަތްތަށް ހަރުކޮށް ކުލަ ދަވާދުލާ އެމިސްކިތްވަނީ ޒީނަތްތެރިކޮށްފައެވެ. އެމަސައްކަތަށް ކައުންސިލް އިދާރާއިން ހަމައެކަނި ފޯރުކޮށްދީފައިވަނީ އެ 13 ދޮރާއި ދޮރުފަތްތަކެވެ. އިތުރަށް ބޭނުންވާ ތަކެއްޗަކީ އެމަސައްކަތް ކޮށްދެއްވި ޒުވާނުން ހޯދާފައިވާ ތަކެއްޗެވެ. އަދި އިއްޔެ މަޤުރިބް ނަމާދުން ފެށިގެން އެމިސްކިތްވަނީ އަލުން ހުޅުވާފައެވެ.

މަސްޖިދުއް ޞަލާޙް. ފޮޓޯ: އަޙްމަދު މަޢުރޫފް

މިމަސައްކަތް ކުރުމުގައި ހަރަކާތްތެރިވި ދެ ޖިންސްގެ ހުރިހާ އެންމެނަށް ކައުންސިލްއާއި ކައުންސިލްގެ މުވައްޒަފުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. މަސްޖިދުއްޞަލާހު މިސްކިތަކީ ރަށުގެ މެދުގައިހުރި ޒަމާންވީ ބޮޑު މިސްކިތެވެ. އެ މިސްކިތަކީ ރަމަޟާން މަހުގެ ހިފުޒުކޮށް ތަރާވީޚް ނަމާދުކުރާ މިސްކިތްވެސް މެއެވެ.

Leave a Reply

Your email address will not be published. Required fields are marked *