ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 07 ވަނަ އަހަރީ ދުވަސް ހއ. ބާރަށު ބްރާންޗުގައި ކުލަ ގަދަކޮށް ފާހަގަ ކޮށްފި

ފޮޓޯ: މުޙައްމަދު ނަޒީޙް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 07 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހއ. ބާރަށު ފެނަކަ ބުރާންޗުގެ ފަރާތުންވެސް ވަނީ އެދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށްފައެވެ. އެގޮތުން މިއަދު ހެނދުނު 06.00 ގައި ބާރަށު ބްރާންޗްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. ދިދަ ނަގައިދެއްވާފައިވަނީ އެބްރާންޗްގައި މަސައްކަތް ކުރައްވާ އަންހެން ދެމުވައްޒަފުން ކަމުގައިވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ނިއުމާ އަދި އެކައުންޓް އޮފިސަރ އަމީމާ މުޙައްމަދު އެވެ.

ފޮޓޯ: މުޙައްމަދު ނަޒީޙް

އެރަސްމިއްޔާތުގައި ވަނީ ދުވަހާއި ގުޅިގެން ޙާއްޞަ ދުވާއެއް ކޮށްފައެވެ. އެދުޢާ އިސްވެ ކޮށްދެއްވީ އެބްރާންޗްގެ ޓެކްނީޝަން ޙަސަން މުޙައްމަދު އެވެ. އޭގެ އިތުރުން އެބްރާންޗްގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު ކޭކު ފެޅުމުގެ ހަރަކާތެއްވެސް ބާއްވާފައިވާކަމަށް އެބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު ޝާހިދު މަޢުލޫމާތު ދެއްވާފައިވެއެވެ.

ފޮޓޯ: މުޙައްމަދު ނަޒީޙް

އަދި މިއަދުގެ މުނާސަބާގައި އެކުވެރިކަމުގެ ފުޓުސެލް މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމެޗުގައި ބައްދަލުކުރާނީ ފެނަކަ ބާރަށު ބްރާންޗްގެ ޓީމަކާއި ބާރަށު ހެލްތު ސެންޓަރުގެ ޓީމެކެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައި ބާރަށު ފުޓުސެލް ދަނޑުގައި ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *