ހއ. ބާރަށު ” މަސްޖިދުއްޢަމަލު” މިސްކިތުގައި މިހާރުހުރި ޖާލީތަކާއި، ބޮޑު ދޮރުތަކާއި ދޮރުފަތްތަށް، އެލްމުނިއަމް ދޮރާ، ދޮރުފަތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި

މަސްޖިދުއްޢަމަލު މިސްކިތުގައި މިހާރު ހުރި ޖާލީތަކާއި ބޮޑުދޮރުތަކާއި ދޮރުފަތްތަށް އެލްމުނިއަމް ދޮރާއި، ދޮރުފަތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބާރަށު ކައުންސިލްގެ އިދާރާއާއި، ޓްރައިކޯރ އިންވެސްޓްމަންޓާއި ދެމެދުވަނީ 16 ޖެނުވަރީ 2020 ވަނަ ދުވަހު ސޮއިކޮރެވިފައެވެ. މިމަސައްކަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ހުރިހާ މިސްކިތްތައް އޭސީ ކުރުމުގެ ވަޢުދުފުޅާ އެއްގޮތަށް އެމިސްކިތް އޭސީކޮށްފައިވާތީ، އޭގެ ބޭނުން ހެޔޮގޮތުގައި ކުރުމަށްޓަކާއި އެމިސްކިތުގެ ދޮރުތައް ބަދަލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މިމަސައްކަތް ޙަވާލުކުރެވިފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމާ ތަން ޙަވާލުކުރާ ގޮތަށެވެ. މިސައްކަތަކީ 390,000.00  ރުފިޔާ ( ތިންލައްކަ ނުވަދިހަ ހާސް ރުފިޔާ ) އަށް ޙަވާލުކުރެވިގެން ކުރެވޭ މަސައްކަތެކެވެ. މަސައްކަތް ނިންމާ ތަން ޙަވާލުކުރާ ދުވަހުން ފެށިގެން އެމިސްކިތުގެ އޭސީތަށް ބޭނުންކުރަން ފެށިގެން ދާނެއެވެ. އެކަމުގެ ސަބަބުން އެމިސްކިތަށް ނަމާދަށް އަރާ ގިނަ ބަޔަކަށް ހިތްހަމަ ޖެހުން ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *