ކައުންސިލް އިދާރާގެ ފާހާނާބައިގެ ބައެއް މަރާމާތުތައް ކުރުމަށް ބަޔަކާއި ޙަވާލުކޮށްފި.
ހއ.ބާރަށު ކައުންސިލް އިދާރާގެ ފާހާނާގެ ބައެއް މަރަމާތުތައް ކުރުމަށްޓަކައި މިއަދުވަނީ ބާރަށު ކައުންސިލް އިދާރާއާއި، ހއ.ބާރަށު ބިންމާގެ ޢަބްދުލްޣަފޫރު މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި މަސައްކަތަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން، ކައުންސިލްގެ މުވައްޒަފުންނާއި ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް ފާހާނާ ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުންވެސް މިހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި ޙަރަދުކުރެވެންހުރި މިންވަރަކުން ކައުންސިލް އިދާރާގެ ގިނަ މަރަމާތުތަކެއް ކުރެވި، ކައުންސިލްގެ އިމާރާތުގެ ފެންވަރު ރަނގަޅުކޮށް އަދި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ކައުންސިލްގެ އަމާޒެކެވެ.