ހއ.ބާރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފެށައިފި.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ހއ.ބާރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް އެކުލަވާލުމަށްޓަކައި، ހއ.ބާރަށު ކައުންސިލް އިދާރާއާއި، އެސިސް ކޮންސަލްޓިންގް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 23 ޖެނުއަރީ 2022 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްޓަކައި ސާރވޭ ކުރުމުގެ ޢަމަލީ މަސައްކަތް 1 ފެބުރުއަރީ 2022 (މިއަދު) ވަނީ ފެށިފައެވެ. މި މަސައްކަތުގެ މުއްދަކީ 55 ދުވަހެވެ. މި މަސައްކަތަކީ ކައުންސިލްގެ ބަޖެޓުން ޙަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ފުރިހަމަވެ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ޙުއްދަ ލިބުމުން، ރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ސަރަޙައްދުތައް ބޭނުންކުރާނެގޮތުގެ ފުރިހަމަ ޕްލޭންއެއް އެކުލަވާލެވި، އެކި އެކި ބޭނުންތަކަށް، އެކަށީގެންވާ ބިންތައް ދޫކުރުމުގެ މަގުފަހިވެގެންވާދެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *