ހއ.ބާރަށުގައި ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށްޓަކައި ހާފިޡަކު ގެނެސްފި.

1443 ވަނަ އަހަރުގެ ރަމަޟާންމަހު ހއ.ބާރަށުގައި ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕާކިސްތާނުގެ ހާފިޡަކު 28 މާރިޗު 2022 ވަނީ ރަށަށް ގެނެސްފައެވެ. އަލްޢުލާ ޤިރާއަތުލް ޤުރްއާން ސެންޓަރއާއި ގުޅިގެން ހއ.ބާރަށު ކައުންސިލުން ގެނެސްފައިވާ ހާފިޡު ތާރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހއ.ބާރަށު “މަސްޖިދުއް ޞަލާޙް” ގައެވެ. މިއީ ރަށުގެ ރަތްޔިތުންގެ މެދުގައި ދީނީ ރޫޙު އާލާކުރުމާއި، ރަމަޟާންމަހުގެ އަޅުކަން ފުރިހަމައަށް އަދާކުރުމުގެ މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ބާރަށު ކައުންސިލް އިދާރާގެ ބަޖެޓުން ޙަރަދުކޮށްގެން އިންތިޒާމްކުރެވޭ ކަމެކެވެ. ބާރަށު ކައުންސިލް އިދާރާއިން ވަނީ މީގެކުރިންވެސް 3 އަޙަރެއްގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހާފިޡުން ގެނެސްފައެވެ. ކޮވިޑް-19 ގެ ސަބަބުން 2 އަހަރުގެ މެދުކެނޑުމަށްފަހު އަނެއްކާވެސް މިއަހަރު މިވަނީ ހާފިޡަކު ގެނެސްފައެވެ. ބާރަށު ކައުންސިލް އިދާރާގެ މުވައްޒަފުންވަނީ ހާފިޡު ބާރަށަށް ދުރުވުމުން މަރުޙަބާ ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *